ކޯޓު ކަލަންޑަރ

  Mon  Tue  Wed  Thu  Fri  Sat  Sun
44    01 02 03 04 05
45 06 07 08 09 10 11 12
46 13 14 15 16 17 18 19
47 20 21 22 23 24 25 26
48 27 28 29 30      

ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ


(10 އޮގަސްޓް 2010 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި)

އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އުފަންވެވަޑައިގެންނެވީ  16 ނޮވެމްބަރު 1966 ގައި ލ. މާވަށަށެވެ. އަދި އެމަނިކުފާނު 1995 ވަނަ އަހަރު ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ.2010އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި  2010 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމާއި 2003 އިން 2010 އަށް ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި 1997 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުގެ އެހީތެރިޔާގެ މަޤާމާއި ހައިކޯޓުގެ ރަޖިސްޓްރަރގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި މީގެ އިތުރުން 1995 އިން 1997 ވަނަ އަހަރާ ހަމަޔަށް ޝަރީއާ އެންޑް ލޯގެ ލެކްޗަރަރ ކަން ކުރައްވާފައިވެއެވެ. އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ ބައިވެރިވެ ވަޑައިގެންނެވި ސެމިނަރތަކާއި ކޮންފަރެންސްތަކުގެ ތެރޭގައި:-- 2011 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން ސީޝެލްސްގައި ބޭއްވުނު "ޖުޑިޝަލް ލަރނިންގ އެކްސްޗޭންޖް ޕްރޮގްރާމް"- 2010 ވަނަ އަހަރު ބޭއްވުނު "ހިއުމަން ރައިޓްސް އެންޑް ކޮންސްޓިޓިއުޝަނަލް ޓްރެއިނިންގ ޕްރޮގްރާމް އަންޑާ ދަ އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓް"- 2009 ވަނަ އަހަރު ބޭއްވުނު "ފައިނޭންސް ލީޒިންގ ސެމިނަރ"- 2006 ވަނަ އަހަރު ކުވޭތުގައި ބޭއްވުނު "ޖުޑިޝަލް ޓްރެއިނިންގ ޕްރޮގްރާމް"- 2004 ވަނަ އަހަރު އިންޑިޔާގައި ބޭއްވުނު "ސެމިނަރ އޮން އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް"