ކޯޓު ކަލަންޑަރ

  Mon  Tue  Wed  Thu  Fri  Sat  Sun
48        01 02 03
49 04 05 06 07 08 09 10
50 11 12 13 14 15 16 17
51 18 19 20 21 22 23 24
52 25 26 27 28 29 30 31

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ފެށިއްޖެ

13 ސެޕްޓެމްބަރ 2017 - ބުދަ


ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ނުވަތަ ފަނޑިޔާރުންގެ މަހާސިންތާއަކީ، ފަނޑިޔާރުންގެ މެދުގައި ޝަރުޢީ އަދި ޤަޟާއީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުޞޫލުތަކެއް އެކަށަ އެޅުމަށާއި، އަލަށް ޢަމަލުކުރަންފަށާ ޤާނޫނުތަކާ ގުޅޭގޮތުން ނުވަތަ ޝަރުޢީ ޙާއްޞަ ވަކި މައުޟޫޢަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުމެވެ.

މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ އާ ގުޅުވައިގެން މައިގަނޑު ދެ ޙަރަކާތެއް ކުރިއަށް ގެންދާގޮތަށް ވަނީ ރޭވިފައެވެ. އެއީ، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި މި ޕްރޮގްރާމާ ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން، 2017 ސެޕްޓެމްބަރު 14 އިން 16 އަށް ކުރިއަށް ގެންދެވޭ ސިމްޕޯޒިއަމް އަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރުމަށްޓަކައި، 2017 ސެޕްޓެމްބަރ 17 އިން 18 އަށް ކުރިއަށް ގެންދެވޭ ބައްލުވުންތަކެކެވެ.

"ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް" ގައި، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުޟޫޢުތަކަށް އެކުލަވައިލެވިފައިވާ އިލްމީ ދިރާސާތަށް ހުށަހެޅުމާއި، އެދިރާސާތަކުން ފާހަގަވެފައިވާ ކަންކަމާބެހޭގެތުން ބަހުސްކޮށް ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާ ކުރުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށްގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރުމުގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމުގައި ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނާގުޅޭ މަޝްވަރާ ބައްދަލުވުމުގައި، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަންފީޛުކުރަން ފެށުމާއެކު ޖިނާއީ ޢަދުލުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި، އެ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.