ކޯޓު ކަލަންޑަރ

މއ. ކިނބިގަސްދޮށުގެ / މާލެ، މައުމޫން ޢަބްދުލްޤައްޔޫމް އާއި ގ. ކެނެރީގެ / މާލެ، މުޙައްމަދު ނަޝީދު އާއި މ. މާފަންނުވިލާ / މާލެ، ޤާސިމް އިބްރާހީމް އަދި ޏ. ފުވައްމުލައް / މިސްކިތްމަގު، މާހުގެ، ޢަލީ ޒާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ނުދޭން ނިންމައިފި.

12 ފެބްރުއަރީ 2018 - ހޯމަ


ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިވެއްޖެކަމަށް ކަނޑައަޅަދިނުމަށް އެދި، މއ. ކިނބިގަސްދޮށުގެ / މާލެ، މައުމޫން ޢަބްދުލްޤައްޔޫމް އާއި ގ. ކެނެރީގެ / މާލެ، މުޙައްމަދު ނަޝީދު އާއި މ. މާފަންނުވިލާ / މާލެ، ޤާސިމް އިބްރާހީމް އާއި ޏ. ފުވައްމުލައް / މިސްކިތްމަގު، މާހުގެ، ޢަލީ ޒާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-L/20" ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" އިން 08 ފެބުރުވަރީ 2018 ވަނަ ދުވަހު ހުށަހެޅި މައްސަލައަކީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބަލައިނުގަތުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 11 ފެބުރުވަރީ 2018 ވީ އާދީއްތަ ދުވަހު ނިންމަވާފައިވެއެވެ.