ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ

24 އޭޕްރީލް 2020   ޢާއްމު , ޚަބަރުތައް  

ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين

އަޅުގަނޑުމެންގެ ޤައުމަށް އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ދަތި އުނދަގޫ ދަނޑިވަޅުން މިންޖުކޮށްދެއްވުން އެދި ދުޢާކުރާ ޙާލު، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި، މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފޮނުވައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ މި މާތް މައްސަރުގެ ހެޔޮދަރުމައާއި ޘަވާބު މުޅި އުންމަތަށް މިންވަރުކޮށްދެއްވާށި! آمين